Advertisement

ނޮވެމްބަރު 3ގެ އުދުވާނީ ހަަމަލާ ފާހަގަކުުރުމަށް އިދިކޮޅު ކޯލިޝަންގެ ޚާއްސަ ހަރަކާތެއް!

30 Oct 2019 | 11:56

1988ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން އުދުވާނީ ހަމަލާގެ ހާދިސާ ފާހަގަކުރުމަށް އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޚާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހަރަކާތް އޮންނާނީ ނޮވެމްބަރު މަހުގެ 2ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:30 އިން ފެށިގެން ކާނިވަލް ސަރަހައްދުގައި ކަމަށެވެ. 

ބަޑި ބުރާސްފަތި ނަމުގައި ބާާއްވާ މި ހަރަކާތުގައި ގައުމާއި ދީން ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ޝުޖާއު ވަނީ ދައުވަތު އަރުވާފައެވެ.

ނޮވެމްބަރު 3ވަނަ ދުވަހުގެ އުދުވާނީ ހަމަލާާގެ މޭސްތިރިކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ހ.ހާޖަރާާގޭ އަބްދުﷲ ލުތުފީވަނީ ލަންކާގެ ހާލަތު ހުރިގޮތުންކަމަށްބުނެ މި އަހަރުގެ މެއިމަހުގައި ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި އަމިއްލައަށް ހަވާލުވެފައެވެ. 

ހާޖަރާާގޭ ލުތުފީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި އެގައުމުގައި ބެހެއްޓުމަށްފަހު އޭނާ ވަނީ މާލެ ގެނެސް ހުކުމް އަލުން ތަންފީޒުކުރަން ފަށާފައެވެ. ލުތުފީ ރާއްޖެއަށް ގެނައުން ލަސްވެގެން ދިޔަ މައްސަލައިގައި މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

Advertisement

ކޮމެންޓް

Advertisement