ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކައުންޓަރެއް ސްޓެލްކޯގައި އިފްތިތާހުކޮށްފި

30 Oct 2019 | 15:14

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތްތައް ދިނުމަށް ސްޓެލްކޯގައި ޚާއްސަ ކައުންޓަރެއް ހުޅުވައިފިއެވެ.

މި ކައުންޓަރުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު ސްޓެލްކޯ ބިލްޑިންގގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖީހާން ވިދާޅުވީ މިފަދަ ޕްރައޯރިޓީ ކައުންޓަރުތައް ސްޓެލްކޯގެ ޚިދުމަތް ލިބޭ އެހެނިހެން ރަށްތަކުންވެސް ފެނިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށާއި އެހެން ވުޒާރާތަކުންވެސް ސްޓެލްކޯއިން މިސާލު ނަގާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މި ކައުންޓަރގެ ސަބަބުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް  ކިއުގައި މަޑުކުރުމެއް ނެތި ޚިދުމަތް ލިބިގެންދާނެކަމަށެވެ. އަދި އެފަދަ ފަރާާތްތަކަށް މުވައްޒަފުންގެ ފަރާތުން ޚާއްސަ އަހައްމިއްޔަތުކަމެއް ލިބިގެންދާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭގޮތުގައި މި ކައުންޓަރުން އިސްރަށްވެހިންނާާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، މާބަނޑު އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ތިބޭ ފަރާތްތަކަށް ޚިދުމަތް ލިބޭނެއެވެ.

Advertisement

ކޮމެންޓް

Advertisement