Advertisement

ރިލްވާންގެ އާއިލާގެ އާދެސް އިދިކޮޅު ކޯލިޝަނަށް

28 Oct 2018 | 12:36

އެކި ތުހުމަތުތަކާއިއެކު ގިނަ އަހަރުތަކަކަށް ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ލީޑަރުން ގޮވާލަމުންދާތީ، އެކަމާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރިލްވާނުގެ އާއިލާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ރިލްވާން ގެއްލުވާލި ބައެއް މީހުންނާއި އަދީބު އާއި ގުޅުމެއް އޮންނަކަމަށް ތުހުމަތު ކުރެވޭކަމަށާއި އެހެންކަމުން އަދީބަކީ މި މައްސަލައިގައި ސުވާލުކޮށް ތަހުގީގު ކުރަންޖެހޭ މީހެއް ކަމަށެވެ.

އަދީބަކީ ހިޔާނާތުގެ ބޮޑެތި މައްސަލަ ތަކެއްގެ ތުހުމަތު ކުރެވިފައިވާ މީހަކަށް ވީހިނދު އަދީބަށް ބޭސްފަރުވާއަށް ނަމަވެސް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ދީފިނަމަ ދިވެހިރާއްޖެއަށް އޭނާ އެނބުރިނައިސް ފިލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް އާއިލާއިން ދެކޭކަމަށްވެސް ނޫސް ބަޔާނުގައިވެއެވެ.

"މީގެ އިތުރުން، އޭނާއަކީ، [އަދީބަކީ] މުޅި ދިވެހިރާއްޖެއަށް ގެއްލުން ލިބުނު ބޮޑެތި ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހެއްކަމުގައި ވާތީ، ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ އޭނާއަށް ދީފިނަމަ ދިވެހިރާއްޖެއަށް އޭނާ އެނބުރި ނައިސް ފިލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މި އާއިލާއިން ދެކެމެވެ" ރިލްވާންގެ އާއިލާއިން ބުނެފައިވެއެވެ.

ރިލްވާނުގެ އާއިލާއިން އެެކަމާއިގުޅިގެން ބުނެފައިވަނީ ގައިދީއިންނަށް ބޭސްފަރުވާ ފޯރުކޮއްދިނުމަށް ދައުލަތައް އިލްތިމާސްކުރާކަމަށެވެ. ނަމަވެސް ރާއްޖެއިން ލިބެންނެތް ފަރުވާއެއް ގައިދީއަަކަށް ފޯރުކޮއްދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އެނބުރި ނައުމަކީ މިހާރު ފެންނަމުންދާ މަންޒަރެއްކަމަށާއި އެގޮތައް ފިލައިފިނަމަ އެކަމުގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެކަމަށްވެސް ނޫސް ބަޔާނުގައިވެއެވެ.

"ދިވެހިރާއްޖޭގެ ތާރީހުގައިވެސް ތަފާތު މައްސަލަތަކާ ގުޅިގެން ބަންދުކުރާ ގައިދީންގެ ތެރެއިން ސިޔާސީ ބޮޑެތި މަގާމުތައް ފުރާފައިވާ ބައެއް މީހުން ބޭސްފަރުވާއަށް ފުރައިގެން ދިއުމަށްފަހު އަނބުރާ ގައުމަށް ނައިސް ފިލައިގެން ދިއުމަކީ އެކި ފަހަރުމަތިން ފެނިފައިވާ ކަމެކެވެ" ރިލްވާނުގެ އާއިލާއިން ފާހަގަކޮށްފައިވެއެވެ.

އަދީބަކީ ބޮޑެތި ތުހުމަތު ތަކެެއްކުރެވޭ ގައިދީއަކަށް ވީހިނދު އޭނާ ފިލައިގެން ދިއުމުގެ ފުރުސަތު ނުދިނުމަށް ރިލްވާންގެ އާއިލާއިން އިދިކޮޅު ކޯލިޝަނަށް ވަނީ ގޮވާލާފަ އެވެ.

އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު، ރިލްވާން ގެއްލުވާލި މައްސަލައާއި ބޮޑެތި އެހެން މަރުތަކުގެ މައްސަލައިގައި އިންސާފު ހޯދަ ދެއްވާނެކަމަށް ވައުދުވެ ވަޑައިގަންފަވީހިނދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮވާލާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ކޯލިޝަނުގެ ސިޔާސީ ލީޑަރުން ހިމެނޭތީ އެކަމާއިމެދު އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި އެކަމާއި ގުޅިގެން އެ އާއިލާއިން ބުނެފައިވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ގިނަވެފައި ވަނިކޮށް، ސިޔާސީ ހެޔޮ ބަދަލަކަށް ފުރުސަތު ލިބޭ ދަނޑިވަޅަކީ ނުހަނު ވިސްނުންތެރިކަމާއެކު، ހެޔޮ މަގުގައި ކުރިއަށް ދާން ލިބޭ ވަގުތެއްކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

އަދީބު ގެ ވަކީލުވަނީ އެކިފަހަރުމަތިން ވަނީ އަދީބުގެ ލޮލަށް ސީރިއަސް ބަައްޔެއްޖެހި ފަރުވާ ނުލިބި ގިނަ ދުވަސްވެއްޖެ ނަމަ ލޮލައް ނުފެނުން އެކަށީގެން ވާ ކަމަށް ބުނަމުންނެވެ. 

Advertisement

ކޮމެންޓް