Advertisement

ގަތަރުގެ އެންމެ ބޮޑު އައިޓީ ފެއާގައި "ޕޭޔާރ" ބައިވެރިވަނީ

30 Oct 2019 | 16:10

ޤަތަރުގައި ބާއްވާ އެންމެ ބޮޑު އައިޓީ ފެއަރގައި ދިވެހި ސްޓާރޓްއަޕް "ޕޭޔަރ" ބައިވެރިވެއްޖެއެވެ.

ޕޭޔަރ އިން މައުލޫމާތުދޭގޮތުގައި މި ފެއާގައި އެފަރާާތުން ބައިވެރިވެފައިވަނީ ޤަތަރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަންގެ ހާއްޞަ ދައުވަތެއްގައެވެ. "ކިޓްކޮމް" ފެއަރގައި ރާއްޖޭގެ ޕޭޔަރ ޓީމުން ބައިވެރިވަނީ ވިޒިޓިން ސްޓާރޓްއަޕް ގެ ގޮތުގައެވެ.

"ކިޓްކޮމް2019" ނަމުގައި ކުރިޔަށް ގެންދާ މިޓެކްނޮލިޖީ ފެއަރ އިފްތިތަހުކޮށްދެއްވި ޤަތަރުގެ އަމީރު ޝެއިޚް ތަމިމް ބިން އަލް ތާނީއެވެ.

ޤަތަރުން "ޕޭޔަރ" އަށް މިދައުވަތު ދީފައިވަނީ، ޕޭޔަރ ޓީމުގެ އުފެއްދުންތެެރި ޓެކްނޮލޮޖީ ބަލައިގަނެ ޕޭޔަރގެ ހިދުމަތް އަގުވަޒަންކޮށް އެފަރާތުގެ ބައިވެރިވުން ޤަތަރުގެ ބާއްވާ އެންމެ ބޮޑު އައިޓީ ފެއަރ ކަމަށްވާ QITCOM 2019 ގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

"ކިޓްކޮމް2019" ގެ ފެއަރގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ތަޤުރީރު ކުރެއްވުމަށް ޓެކްނޮލޮޖީ ދާއިރާއިން ދުނިޔޭގެ ފުންނާބު އުސް 90 ފަރާތެއް ބައިވެރިވެއެވެ. ޓެކްނޮލޮޖީގެ ދާއިރާގެ އެކި ޤައުމުތަކުން 300 ފަރާތެއް ބައިވެރިވާ މި ފެއާރގައި، ޓެކްނޮލޮޖީގެ 100 ސްޓާރޓްއަޕް ފާރާތްތައް ބައިވެރިވެއެވެ. އަދި ޓެކޮނޮލޮޖީގެ އުފެއްދުންތެރި ކަމުގެ ދާއިރާއިން 300 ފަރާތެއް ބައިވެރިވެއެވެ.

ޤަތަރުގައި ބާއްވާ މިފެއަރގެ މައިގަނޑު ބޭނުމަކީ މިހާރު ދުނިޔޭގައި ޓެކްނޮލޮޖީ އޮތް ގޮތާއި، ކުރިޔަށް އޮތްތަނުގައި މިދާއިރާގައި ކުރެވެން ހުރިކަންކަން ބަލައި ދެމެހެއްޓެނިވި ޑިޖިޓަލް މާހައުލެއް ބިނާ ކުރުމުގައި ޓެކްނޮލޮޖީގެ އުފެއްދުންތެރި ފަރާތްތަކާއެކު ހިޔާލު ފާޅުކޮށް ވާހަކަ ދެއްކުމެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓެކްނޮލޮޖީގެ އުފެއްދުންތެރި ފަރާތްތައް ބައިވެރިވާ "ކިޓްކޮމްފެއަރ" ބާއްވާތާ މީ 5 ވަނަ ފަހަރެވެ. މިމަހުގެ 29ން ފެށިގެން ނޮވެމްބަރ 01 އަށް ކުރިޔަށްދާ މި ފެއަރގެ ތީމަކީ "ސޭފް ސްމާރޓް ސިޓީސް" ކަމަށް ޤަތަރުގެ ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަން އިން ހާމަކުރެއެވެ.

އެޕް މެދުވެރިކޮށް ޒަމާނީ ފެންވަރުގައި ބިލްތައް ދެއްކުމަށް ހާއްޞަ "ޕޭޔަރ" އުފައްދާފައިވަނީ މީގެ 1 އަހަރު ކުރިންނެވެ.

"ޕޭޔަރ" ޓީމަކީ ޒުވާން އުފެއްދުން ތެރި ފަންނީ ޓީމެކެވެ. ޕޭޔަރ އިން ދެވޭ ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭގައި ޢާންމުކޮށް ރައްޔިތުންނަށް ދައްކަން ޖެހޭ ބިލްތައް ދެއްކުމުގެ ހިދުމަތާއި، އެޕަލް އަދި ގޫގުލް ޕްލޭސްޓޯރގެ އިތުރުން އެކްސް ބޮކްސް، ޕޮލޭސްޓޭޝަންގެ ގޭމްތަކާއި، ތަކެތި ގަތުމަށް ބޭނުންކުރާ ގިފްޓް ކާރޑް ލިބެން ހުރެއެވެ. އަދި ރީލޯރޑް ރާސްޓަސްގެ ޙިދުމަތްވެސް މި އެޕް މެދުވެރިކޮށް ލިބެން ހުރެއެވެ

Advertisement

ކޮމެންޓް