ފަނޑިޔާރު އާދަމްގެ މައްސަލަ ބެލުން ދެވަނަ ފަހަރަށް ފަސްކޮށްފި

31 Oct 2019 | 14:58

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ގުޅޭގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަ ބެލުން ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.

މި މައްސަލައިގައި މިއަދު ތާވަލްކުރެވިފައި އޮތް ތަހުގީގު ކޮމެޓީ ކުރިއަށްގެންދިއުން ފަސްކުރީ ފަނޑިޔާރު އާދަމް މުހައްމަދުގެ ފަރާތުން ގާނޫނީ ވަކީލެއް ހާޒިރުވެފައި ނުވުމާއި ގުޅިގެންނެވެ. އެހެންކަމުން މި އަޑުއެހުން ވަނީ އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައާއި ގުޅިގެން އިއްޔެ އޮތް އަޑުއެހުމުގައި ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ބަަލައި ނުގަތުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މި ކޮމެޓީގެ ރިޔާސަތުގައި އިންނެވި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ޑރ.ޖަމީލް ބަލައިނުގަތުމަށް ނިންމީ އެބޭފުޅާއަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމަކަށް ވާތީއެވެ.

އަދި މައްސަލައެއްގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭކަމަށްވެސް މަސްތޫރު ހުސްނީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement