އިދިކޮޅުން ނޮވެންބަރު 3 ފާހަގަކުރުމަށް ކާނިވާ ދޫނުކުރި!

31 Oct 2019 | 17:09

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ނޮވެމްބަރު ތިނެއްގެ ފާހަގަކުރުމަށްޓަކައި "ބަޑި ބުރާސްފަތި" ނަމުގައި ބާއްވަން އުޅުނު ޖަލްސާ ބާއްވަން ކާނިވާ ދޫނުކުރަން ސަރުކާރުން ނިންމާފައިވާކަން އެފާޓީން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން ޕީޕީއެމްގެ އޮފީހުގަިއ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސަރުކާރުން އިދިކޮޅު އެއްވުން ބޭއްވުމަށް ކާނިވާ ދޫކުރަން ނުކެރުނުކަމާއި، ނަމަވެސް އެއްވުން ބާއްވާނެކަމަށެވެ.

އެގޮތުން މިހާރު މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސްކުރިމަތީގައި ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ހާމަކުރައްވައެވެ.

ކާނިވާ ސަރަހައްދަކީ މިނިސްޓްރީ އޮފް ޕްލޭނިގ އެންޑް އިންފްރާ ސްރަކްޗަގ ގެ ބެލުމުގެ ދަށުގައިވާ ތަނެކެވެ. އެ މިނިސްޓްރީން ޕީޕީއެމް އަށް ފޮނުވި ސިޓީގައި ބުނެފައިވާގޮތުގައި ކާނިވާ ދޫކުރެވެން ނެތީ އެހެން ފަރާތަކަށް ކާނިވާ ދޫކޮށްފައިވާތީކަމަށެވެ.

Advertisement

ކޮމެންޓް