Advertisement

ޕީޕީއެމްގެ އިސް ތަރުޖަމާނަކަށް ހީނާ ވަލީދު

01 Nov 2019 | 09:32

އިދިކޮޅު މައި ޕާޓީކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިސް ތަރުޖަމާނަކަށް ކުރީގެ މަޝްހޫރު ޕްރެޒެންޓަރ ހީނާ ވަލީދު އައްޔަންކޮށްފިއެވެ.

މި މަގާމަށް ހީނާ އައްޔަންކޮށްފައިވަނީ މިރޭ ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުުވުމުގެ އިއްތިފާގުންނެވެ. ހީނާގެ ކުރިން މި މަގާމުގައި ހުންނެވީ ދާދިފަހުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތް ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހީނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓެއްގައި ދިއްގަރު ދާއިރާއަށް ވާދަކުރައްވާފައެވެ.

ޕީޕީއެމްއިން ދަނީ އެޕާޓީގެ އެތެރޭގެ ހިންގުމުގެ ނިޒާމަށާއި ޕާޓީގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

މީގެ އިތުރުން އެޕާޓީ ވަރުގަދަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެެވެމުންނެވެ. މިގޮތުން އަތޮޅު ތެރެއިންނާއި މާލެއިން އެޕާޓީއަށް މެންބަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގައި ހީނާ ވަލީދުވެސް ދަނީ ބައިވެރިވަމުންނެވެ. 

Advertisement

ކޮމެންޓް