ޕާޓީ ބަަދަލުކޮށްގެން މަގާމު ދިފާއުކުރަން އެބަ މަސައްކަތްކުރޭ: ރައީސް ނަޝީދު

04 Nov 2019 | 06:08

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަގާމުތަަކަށް އައްޔަންކުރެވުނު ފަރާތްތަކުން ސިޔާސީ ޕާޓީތަކާއި ގުޅިގެން މަގާމު ދިފާއުކުރުމަށް މަސައްކަތް ކުރަމުންގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ ފޭދޫ ހަރުގޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އިއްތިހާދުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓަން އުޅުނު ޕާޓީތަކާއި ކަމަށާއި އެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރި ފަރުދުންނާއި އެކު އިއްތިހާދުވެފައެއް ނުވާނެކަމަށެވެ.

ސަރުކާރު ގެންނަން މަސައްކަތް ކުރި ފަރާތްތަކަށް އޭގެ ހައްގު ފައިދާ ވެސް ލިބެންޖެހޭނެކަަމަށާއި އެކަން ވާންއޮތީ އެފަރާތްތަކުން ސަރުކާރު ހިންގުމުގައި ބައިވެރިވުމެއް އޮތުމުންކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރު ބަދަލުވީމާ އަދާލަތު ޕާޓީގެ މީހަކަށް ނުވަތަ ޖުމްހޫރީ ޕާޓީގެ މީހަކަށް ހެދިލައިގެން ކުރީގައިވެސް ހުރި މަގާމުގައި، ދެމިހުރުމަކީ އެއްބައިވަންތަކަމުގެ ސަރުކާރުގެ އާންމު އަސާސީ ހަމަތަކާ ހިލާފު ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

Advertisement

ކޮމެންޓް

Advertisement