Advertisement

ގައުމު ބިނާކުރުމުގައި ލިޔުންތެރިންގެ ދައުރު ބޮޑު: ރައީސް ނަޝީދު

04 Nov 2019 | 09:18

ގައުމެއް ބިނާކުރުމުގައި ލިޔުންތެރިންގެ ދައުރު ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވުނު މަޒުމޫނު ލިޔުމުގެ މުބާރާތުން ވަނަތަކަށް ހޮވުނު ސްކޫލްތަކާއި ކުދިންނަށް އިނާމު ހަވާލުކުރުމަށް ބޭއްވުނު ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރަައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާ ކުރުމުގައި ލިޔުންތެރީންގެ ދައުރު މުހިންމު ކަމަށާއި އެގޮތުން ދުނިޔޭގެ ތާރީހާއި ރާއްޖޭގެ ތާރީހަށް ބެލުމުން ވެސް ލިޔުންތެރިން ގެނެސްދީފައިވާ ބަދަލުތައް ފާހަގަވެގެންދާނެކަމަށެވެ. އަދި ލިޔުންތެރިން ކުރާ މަސައްކަތްތަކުގެ ސަބަބުން އެ ލިޔުންތެރިންނަށް ދަތިތަކާއި ކުރިމަތިލާންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ނަސްރުގެ ދުވަސްފަދަ ހިތާމަވެރި ދުވަސްތަކާާއި ދިމާވަނީ ބަހަށް ޖާގަނުދީ، ހިޔާލުތައް ހާމަ ކުރެވޭނެ ގޮތްތައް ބަންދު ކުރުމުގެ ސަބަބުންނެވެ. ""އަޅުގަނޑު ދެކޭ ގޮތުގައި ނަސްރު ހޯދޭނީ ބަހުން، ކަނޑިއަކުން ނޫން، ނަސްރު ލިބެން އޮތީ ދުލުން، ގޮށްމުށަކުންއެއް ނޫން"، އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ކުދިންގެ ކިބައިން ގިނައިން ކިޔައި އަދި ލިޔެ ހެދުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެކަމަކީ ޕެޝަނެއްގެ ގޮތަށް ދެކިގެންކުރުމަށް ވަނީ އެދިލައްވާފައެވެ.

Advertisement

ކޮމެންޓް