މަޖިލީސްގެ ގޮނޑި ދޫކޮށްދާންޖެހޭ ދުވަހަކީ އެންމެ ހިތާމަ ކުރައްވާނެ ދުވަސް ކަމަށް އިބޫ ވިދާޅުވެއްޖެ

28 Oct 2018 | 16:41

މަޖްލީސްގައި 25 އަހަރު ހޭދަކުރައްވާފައިވާ އިންތިހާބީ ރައީސް އިބަރާހިމް މުހައްމަދު ސޯލިހު އެންމެ ހިތާމަ ކުރައްވާނެ ދުވަހަކަށް ވާނީ ރައްޔިތުން މަޖިލީހުގެ ގޮނޑި ދޫކުރެއްވުމަށް ފަހު، ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވަން ދާން ޖެހޭ ދުވަސް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި މަޖިލީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކުރިޔަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އެ ގޮނޑި ދޫކޮށް ރައީސް ކަމުގެ ހުުވާ ކުރުމަށްޓަކައި އެމަނިކުފާނު ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ވަރަށް ހިތާމަކުރައްވާނެ ދުވަހެއް ކަމަށެވެ.

"ދެ ތިން ހަފްތާގެ ތެރޭގައި އަޅުގަނޑު މި މަޖިލީހުގެ ގޮނޑި ދޫކޮށް ދާން ޖެހޭ، އެ ދުވަސް ވެގެން ދާނީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ހިތާމަވެރި ދުވަހަކަށް"އިބޫ ވިދާޅުވި އެވެ.

މިދުވަސް ކޮޅަކީ އިބޫ ރައީސް ކަމާ ހަވާލުވުމުގެ ކުރިން މަޖިލީހުގައި ހޭދަކުރައްވާނެ އެންމެ ފަހު ދުވަސްތަކެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމުން އިބޫ އަދާކުރައްދާ ހިންނަވަރު ދާއިރާ މެންބަރުކަމުގެ ގޮނޑި އިބޫއަށް ގެންލިގެންދާނެއެވެ.

އިބޫ ވާހަކަފުޅުދައި  އިތުރަށް ވިދާޅުވީ ގާނުނާ ހިލާފަށް އެއްވެސް ކަމެއް ކުރަން ބޭނުން ނުވާކަމަށާއި ޤާނޫނު ތަން ނުދޭނަމަ 11 ނޮވެމްބަރގައި ހުވާކުރައްވަންވެސް ބޭނުންފުޅު ނުވާކަމަށެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަކަމަ މައްސަލައެއް ގޮތުގައި އޮތީ އިންތިހާބީ ރައީސް އަދި ނައިބު ރައީސް ހުވާކުރައްވާ ދުވަހަކާމެދު މަޝްވަރާ ކުރުމެވެ.

Advertisement

ކޮމެންޓް

Advertisement