ބަޖެޓު2020: ރ އަތޮޅު ތަރައްޤީގެ މަސްރޫއުތަކަށް 279 މިލިއަން ރުފިޔާ!

05 Nov 2019 | 14:32

އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްސް ގޮތުގައި ރ. އަތޮޅަށް 279 މިލިއަން ރުފިޔާ ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިއްޔެ މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

ޕީއެސްއައިޕީގެ ދަށުން ރ އަތޮޅުގެ ރަށްތަކުގައި ކުރަން ހިމަނާފައިވާ ގިނަ މަސްރޫއު ތަކަކީ އިމާރާތްކުރުމުގެ ދާއިރާގެ

މަސައްކަތްތަކެވެ. އޭގެތެރޭގައި ހިމެނެނެނީ

- ސްކޫލް ތަކުގައި ކްލާސްރޫމް، ސްޓާފްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުން.

- ސިއްހީ މަރުކަޒުތަށް އިމާރާތްކުރުމާއި ބޮޑުކުރުން.

- ފެނާއި ނަރުދަމާ އެޅުން.

- އިޖުތިމާއީ މަރުކަޒު އެޅުން.

- ބަދަރު އެޅުން.

- ޓާރފް ދަޑުތަށް އެޅުން.

- ކަލްޗަރަލް ސެންޓަރ ގާއިމްކުރުން.

37.5 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ބުރަނުވާނެފަދަ ގޮތަކަށް ޖަޒީރާ ދިރިއުޅުމަކަށް މަގު ކޮށައިދޭނެ ބަޖެޓެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، މިހާތަަނަށް ރެކޯޑްކުރެވުނު އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ހިމެނޭ ބަޖެޓުކަން އަމީރު ފާހަގަކުރެއްވިއެވެ.

ރ އަތޮޅަކީ ރާއްޖޭގެ 3 ވަނައަށް އެންމެ މީހުންގިނައިން ދިރިއުޅޭ އަތޮޅެވެ.

Advertisement

ކޮމެންޓް