ބަޖެޓު2020: ޕީ.އެސް.އައި.ޕީ ގެ ދަށުން ރ އިނގުރައިދޫ އަށް އައު ސިއްހީ މަރުކަޒަކާ، ސުކޫލް އިމާރާތެއް

05 Nov 2019 | 16:16

އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްސް ގޮތުގައި ރ. އިނގުރައިދޫ އަށް އައު ސިއްހީ މަރުކަޒަކާ ސުކޫލް އިމާރާތެއް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިއްޔެ މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

ޕީއެސްއައިޕީގެ ދަށުން ރ އަތޮޅުގެ ރަށްތަކުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު ރ އިނގުރައިދޫ އަށް 4 މަސްރޫއެއް ހިންގުމަށްވަނީ ރާވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނެނީ

- ރ.އިނގުރައިދޫ ސްކޫލް 4 ކްލާސްރޫމް، ސްޓާފްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތް

- ރ.އިނގުރައިދޫ ސިއްހީ މަރުކަޒު އައު އިމާރާތް

- ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ( ހިގަމުންދާ )

- ރ.އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން. ( ހިގަމުންދާ )

37.5 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ބުރަނުވާނެފަދަ ގޮތަކަށް ޖަޒީރާ ދިރިއުޅުމަކަށް މަގު ކޮށައިދޭނެ ބަޖެޓެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، މިހާތަަނަށް ރެކޯޑްކުރެވުނު އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ހިމެނޭ ބަޖެޓުކަން އަމީރު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް