ބަޖެޓު2020: ރ ރަސްގެތީމްގެ ތަރައްޤީގެ މަސްރޫއުތަކަށް 12 މިލިއަން ރުފިޔާ!

05 Nov 2019 | 14:51

އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްސް ގޮތުގައި ރ. ރަސްގެތީމަށް 12 މިލިއަން ރުފިޔާ ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިއްޔެ މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

ޕީއެސްއައިޕީގެ ދަށުން ރ އަތޮޅުގެ ރަށްތަކުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު ރަސްގެތީމުގައި 4 މަސްރޫއެއް ހިންގަން ރާވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނެނީ

- ފެނާއި ނަރުދަމާ އެޅުން ( ހިގަމުންދާ ).

- ކައުންސިލް އޮފީސް އެޅުން.

- ބަދަރު އަޕްގުރޭޑް ކުރުން.

- ކަލްޗަރަލް ސެންޓަރ ގާއިމްކުރުން.

37.5 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ބުރަނުވާނެފަދަ ގޮތަކަށް ޖަޒީރާ ދިރިއުޅުމަކަށް މަގު ކޮށައިދޭނެ ބަޖެޓެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، މިހާތަަނަށް ރެކޯޑްކުރެވުނު އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ހިމެނޭ ބަޖެޓުކަން އަމީރު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement