ބަޖެޓު2020: ރ އަލިފުށީގެ ތަރައްޤީގެ މަސްރޫއުތަކަށް 11 މިލިއަން ރުފިޔާ!

06 Nov 2019 | 12:31

އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްސް ގޮތުގައި ރ. އަލިފުށީގައި 11 މިލިއަން ރުފިޔާ ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީއެސްއައިޕީގެ ދަށުން ރ އަތޮޅުގެ ރަށްތަކުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު އަލިފުށީގައި 5 މަސްރޫއެއް ހިންގަން ރާވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނެނީ

ރ.އަލިފުށި ސްކޫލް މަލްޓި ޕާޕަސް ހޯލް

ރ.އަލިފުށި އިޖުތިމާއީ މަރުކަޒު ތަރައްގީކުރުން

ރ.އަލިފުށި ފުޓުބޯޅަ ދަނޑު ތަރައްގީކުރުން ( ހިގަމުންދާ)

ރ.އަލިފުށި މަގު ހެދުން

ރ.އަލިފުށި ފެނުގެ ނިޒާމް ގާއިމުކުރުން ( ހިގަމުންދާ)


37.5 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ބުރަނުވާނެފަދަ ގޮތަކަށް ޖަޒީރާ ދިރިއުޅުމަކަށް މަގު ކޮށައިދޭނެ ބަޖެޓެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، މިހާތަަނަށް ރެކޯޑްކުރެވުނު އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ހިމެނޭ ބަޖެޓުކަން އަމީރު ފާހަގަކުރެއްވިއެވެ.


ފޮޓޯ: އަލިފުށި އޮންލައިން

Advertisement

ކޮމެންޓް