Advertisement

ބަޖެޓު2020: ރ އުނގޫފާރު ތަރައްޤީގެ މަސްރޫއުތަކަށް 48 މިލިއަން ރުފިޔާ!

06 Nov 2019 | 14:16

އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްސް ގޮތުގައި ރ. އުނގޫފާރު އަށް 48.4 މިލިއަން ރުފިޔާ ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިއްޔެ މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

ޕީއެސްއައިޕީގެ ދަށުން ރ އަތޮޅުގެ ރަށްތަކުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު އުނގޫފާރު 7 މަސްރޫއެއް ހިންގަން ރާވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނެނީ

ރ.އުނގޫފާރު މަލްޓި ޕާޕަސް ހޯލް

ރ.އުނގޫފާރު ހޮސްޕިޓަލް ތަރައްގީކުރުން

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 6 ޕްރައިވެޓް ރޫމް ހެދުން

22_ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް (ހިގަމުންދާ)

ރ.އުނގޫފާރު ނެރު ބަދަލުކުރުން

ރ.އުނގޫފާރު މަގު ހެދުން

ރ.އުނގޫފާރު އިސްލާމިކް ސެންޓަރ އިމާރާތްކުރުން (ހިގަމުންދާ)

37.5 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ބުރަނުވާނެފަދަ ގޮތަކަށް ޖަޒީރާ ދިރިއުޅުމަކަށް މަގު ކޮށައިދޭނެ ބަޖެޓެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، މިހާތަަނަށް ރެކޯޑްކުރެވުނު އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ހިމެނޭ ބަޖެޓުކަން އަމީރު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް