ހައިކޯޓަށް ދެ ފަނޑިޔާރަކު އައްޔަންކޮށްފި

06 Nov 2019 | 19:15

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

އެ މަގާމަށް ދެބޭފުޅަކު އައްޔަންކުރުމަށް ނިންމާާފައިވަނީ މިއަދު ކުރިއަށްދިޔަ ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް ނިންމާފައިވަނީ ގ.ޑޭޒީފެހި، މާލެ/ އަލްއުސްތާޛު ހާާތިފް ހިލްމީ އަދި މއ.ވޭސައިޑް ފްލެޓް 705، މާާލެ/ އަލްއުސްތާޛު ހުސައިން މަޒީދެވެ. މި ދެފަރާތް އައްޔަންކޮށްފައިވަނީ އެ މަގާާމަށް ކުރިމަތިލުމަށް އިއުލާންކުރުމުން، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދެފަރާތަކީވެސް މިވަގުތު ސިވިލް ކޯޓުގައި ގާޒީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތްތަކެކެވެ.

Advertisement

ކޮމެންޓް

Advertisement