Advertisement

މިއަހަރުގެ ބޯޓިންގ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

06 Nov 2019 | 23:33

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ބޯޓިންގ އެވޯރޑްސްގެ މިއަަހަރުގެ އަދަދަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު 05 ނޮވެންބަރ 2019 އިންފެށިގެން ވަނީ ހުޅުވާލެވިފައެވެ. މިކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން www.boatingawards.mv މެދުވެރިކޮށް އޮންލައިން ނޮމިނޭޝަން ފޯމްފުރުމަށް، ނުވަތަ ފުރުއްވާފައިވާ ނޮމިނޭޝަން ފޯމްގެ ސްކޭން ކޮޕީ [email protected], [email protected] އަށް ފޮނުއްވުމަށް އެ ޖަމްއިއްޔާއިން އެދެއެވެ.

 މޯލްޑިވްސް ބޯޓިންގ އެވޯރޑްސް 2019 އަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 15 ނޮވެންބަރ 2019 ވަނަދުވަހުގެ 12:00 އެވެ. އެވޯރޑް ލިބޭ ފަރާތްތަށް ކަނޑައަޅާނީ، މިކަމަށް އެކުލަވާލެވިފައިވާ ޖަޖުންގެ ޕެނަލްއިން ދޭ 70 މާރކްސް އަދި އޮންލައިން ވޯޓު/އެސްއެމްއެސް މެދުވެރިކޮށް ލިބޭ ވޯޓުތަކަށް 30 މާރްކްސްގެ ނިސްބަތުން އެންމެގިނަ މާރްކްސް ހޯދާފަރާތްތަކެވެ. މިފަހަރުގެ އެވޯރޑަށް ކުރިމަތިލުމަށް ޖުމްލަ 29 ކެޓަގަރީ ވަނީ ހުޅުވާލެވިފައެވެ. މޯލްޑިވްސް ބޯޓިން އެވޯރޑްސް 2019 ގެ 'ގާލާ ނައިޓް' އޮންނާނީ 19 ޑިސެންބަރ 2019 ވަނަދުވަހު ދަރުބާރުގޭގައެވެ.

މޯލްޑިވްސް ބޯޓިން އެވޯރޑަކީ ބޯޓިންގ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ގެ ފަރާތުން 2014 ވަނައަހަރުން ފެށިގެން އަހަރަކު އެއްފަހަރު ދެމުންގެންދާ އެވޯރޑެކެވެ.

މިއެވޯރޑަށް ކުރިމަތިލެވޭނީ ހަމައެކަނި ބޯޓިންގ އެސޯސިއޭޝަންގެ މެންބަރުންނަށެވެ. އެ އެސޯސިއޭޝަންގެ މެންބަރަކަށް ވުމުގެ ފުރުޞަތު މިއިންޑަސްޓްރީގައި ހަރަކާތްތެރިވާ އަދި މިއިންޑަސްޓްރީއާއި ގުޅުންހުރި ކޮންމެފަރާތަކަށްވެސްވެއެވެ.

Advertisement

ކޮމެންޓް