ޕީޕީއެމް ދެމިއޮތީ ޕާޓީގެ އަސާސުތަށް ދިފާއު ކުރުމައް ރައީސް ޔާމިން ވި ގުރުބާނީގެ ސަބަބުން : ޕީޕީއެމް

28 Oct 2018 | 21:59

ދިމާވި ގިނަ ގޮންޖެހުންތަކާއެކީ ނަމަވެސް ވަރުގަދަ ޕާޓީއެއްގޮތުގައި ޕީޕީއެމްގެ ދެމިއޮތީ ޕާޓީގެ އަސާސުތަށް ދިފާއު ކުރުމައަޓަކައި ރައީސް ޔާމިން ވެދެއްވި މަތިވެރި ގުރުބާނީގެ ސަބަބުންކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިހެން ބުނެފައިވަނީ ޕީޕީއެމްގެ 7 ވަނައަހަރީ ދުވަހާ ދިމާކޮށް އެޕާޓީން ރޭނެރުނު ނޫސް ބަޔާނުގައެވެ

ނޫސްބަޔާނުގައި ޕީޕީއެމްގެ ސަރުކާރަކީ ދިވެހި ޖައްވަށް އެންމެ އުޖާލާ ފަހި ދުވަސްތަކެއް ގެނެސްދިން ހަރުދަނާ ސިޔާސީ ޕާޓީއެއް ކަމަށް ގިނަ ރައްޔިތުންތަކެއް ގަބޫލުރާކަމަށްފާހަގަ ކޮށްފައެވެ.

މީގެއިތުރުން ޕާޓީ އުފެދުނީ މާއްވެގެންވާ އިސްލާމް ދީނާއި، ގައުމިއްޔަތާއި، ގައުމުގެ އަމިއްލަ ވަންތަކަން ނަގަހައްޓާ ދެމެހެއްޓުމަށްކަމަށްވެއެވެ.

އަދި ޕީޕީއެމް އިން މިހާތަނަށް ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން އެންމެ ހަގު ޕާޓީގެ ގޮތުގައި އޮވެ ބައިވެރިވި ގިނަ ބައި އިލެކްޝަންތަކާއި ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިހާބީ ކާމިޔާބު ކޮށްފައިވާކަން ހިމެނެއެވެ.

އެހެންކަމުން ޕީޕީއެމްގެ ނަންވަނީ ސީޔާސީ ޕާޓީތަކުގެ ތެރޭގައި ރަން އަކުރުން ލިޔެވިގެން ގޮސްފައިކަމަށްވެސް ފާހަގަކުރެއްވިއެވެ.

ނިންމާލަމުން ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްއިން މިހާތަނަށް މާތް ﷲގެ ވާގިފުޅާއެކު ހޯދި ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ޕީޕީއެމްގެ އެންމެހާ މެންބަރުނާއި ހެޔޮއެދޭ ފަރާތްތައް ކަމަށެވެ. އަދި އެބޭފުޅުންނަށް ވަނީ ޕާޓީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ނަމުގައި ތަހުނިޔާ ފޮނުވާފައެވެ.


ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު މިއަދު މިވަނީ ޕާޓީގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދިފައެވެ. 

Advertisement

ކޮމެންޓް

Advertisement