އަޅުގަނޑަށް ނުފޫޒު ފޯރަމުންދިޔަަކަން ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ: ހައިލަމް

07 Nov 2019 | 21:44

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ހުކުމް ކުރުމަށް އެބޭފުޅާއަށް ނުފޫޒު ފޯރަމުންދިޔަަކަން ކްރިމިނަލް ކޯޓު ހިންގެވުމާާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވި ގާާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެކަމަށް އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ ސަސްޕެންޝަނެއްގައި ހުންނަވަނިކޮށް މިރޭ ނެރުއްވި ނޫސްބަޔާނެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކަކުން އެބޭފުޅާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާާއި، ދަންނަ ފަރާތްތައް މެދުވެރިކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށް ހުުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާކަމަށެވެ. އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، މެއިމަހުގެ 19ވަނަ ދުވަހުގައި އަލްހާނާއި ހައިލަމްެގެ ދެމެދުގައި ހިނގި ފައިސާގެ މުއާމަލާތުގެ މައްސަލަ ޕޮލިސްގައި އެބައޮތްކަމަށާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނެނަމަ އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުދިން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރުދިންއިރު، އެ ނުފޫޒު ފޯރަމުންދާާކަން މިހާާރު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީއަށްވެސް އެނގިވަޑައިގަންނަވާނެކަމަށެވެ.

އަދި ސަސްޕެންޑްވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަންވެސް މިހާރު އެނގިވަޑައިގަންނަވާނެކަމަށް ހައިލަމް ވަނީ ވިދާާޅުވެފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement