ހައިލަމްގެ ތުހުމަތުތައް ސަރުކާރުން އިންކާރު ނުކުރުމުން ނުބައެއް އުޅޭ: ޝަމީމް

09 Nov 2019 | 19:18

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަަމަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ކުރި ތުހުމަތު އިންކާރުނުކުރުމުން ނުބައެއް އުޅޭހެން ހީވާކަމަށް ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ‏ތައިލޭންޑުގެ އައްސޭރިފަށުގައި ފަތާލާފައި އައިއިރު ކަމަކުދާކަށްނެތްކަމަށާއި އިސްގާޒީ ހައިލަމަށް ސަރުކާރުގެ އިސް ފަރާތަކުން ގުޅިވާހަކައެއް އިވުނުކަމަށެވެ. އަދި އެ އިސް ފަރާތުންވެސް ސަރުކާރަކުން ވެސް އެކަމަކަށް އަދި އިންކާރެއް ނުކުރާކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ ނުގުޅާނަމަ، އެވާހަކަ އެބަ ބުނަންޖެހޭކަމަށާއި ނޫނީ ނުބައެއް އުޅޭކަމަށް ހީވާގޮތް ވަމުންދާކަމަށެވެ.

ހައިލަމް ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ހައިލަމްގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެކަމަށް ހިތައިގެން ވަރަށް ގިނަ މަސައްކަތްތައްކޮށްފައިވާކަމަށެވެ.

އަދި މި މަސައްކަތް އެންމެ ބޮޑަށް ކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހުގައިކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

އިސްގާޒީ ހައިލަމް ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކަކުން އެބޭފުޅާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާާއި، ދަންނަ ފަރާތްތައް މެދުވެރިކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށް ހުުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާކަމަށެވެ. އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، މެއިމަހުގެ 19ވަނަ ދުވަހުގައި އަލްހާނާއި ހައިލަމްެގެ ދެމެދުގައި ހިނގި ފައިސާގެ މުއާމަލާތުގެ މައްސަލަ ޕޮލިސްގައި އެބައޮތްކަމަށާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނެނަމަ އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުދިން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement