Advertisement

ބާކްލޭގެ މޮޅު ކުޅުމާއެކު ޗެލްސީ މޮޅުވެއްޖެ

28 Oct 2018 | 21:03

އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީއާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން 4-0 ކުން ކާމިޔާބުކޮށްފިއެވެ.

ގިނަ އިރު ބޯޅަ ކޮންޓްރޯލްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިތަން ޗެލްސީގެ ފަރާތުން ފެނުނު މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ 22 ވަނަ މިނެޓުގައި ރޮސް ބާކްލޭ ދިން ބޯޅައަކުން އަލްވާރޯ މޮރާޓާއެވެ.

އެންގޯލޯ ކާންޓޭގެ ޕާހަކުން ރޮސް ބާކްލޭ ޗެލްސީގެ ލީޑް ފުޅާކޮށްދިން އިރު މެޗުގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު ބާކްލޭގެ ދެވަނަ އެސިސްޓާއެކު ނަތީޖާ 3-0 ކަށް ހަދައިދިނީ ވިލިއަންއެވެ.

ބާންލީ މުޅި މެޗުގައިވެސް ފަހަތަށް ފައިބައިގެން ޑިފެންޑްކުރަން ޖެހުނު މި މެޗުގައި ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ 90 ވަނަ މިނެޓުގައި ލޮފްޓަސް ޗީކްއެވެ.

މި މޮޅާއެކު ޗެލްސީ ވަނީ ވަގުތީ ގޮތުން ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއީ 24 ޕޮއިންޓާއެކުއެވެ. އެއްވަނައިގަ އޮތް ލިވަޕޫލަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ބާންލީ އޮތީ ދިހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ތާވަލުގެ ފަނަރަވަނައިގައެވެ.

ބުރަކައްޓަށް ލިބުން އަނިޔާއަކާއި ގުޅިގެން މި ސީޒަނުގެ ލީގުގެ މެޗަކުން އަދި ބަލިވެފަނުވާ ޗެލްސީ މިމެޗަށް ނުކުމެފައިވަނީ އެ ޓީމުގެ ތަރި ހަޒާޑް ނުލައެވެ.

Advertisement

ކޮމެންޓް