ސިޔާސީ މަގާމްތަކަށް މުސާރައާއި އިނާޔަތްތައް ދިނުމަށް 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ!

12 Nov 2019 | 17:35

ސަރުކާރުގެ އެކިއެކި ސިޔާސީ މަގާާމްތަކުގައި ތިއްބެވި ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ދިނުމަށް 300މިލިޔަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންްސް މިނިސްޓްރީން މަޖިލީހަށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުގައި އަންނަ އަހަރު ސިޔާސީ މަގާމްތަކުގައި ތިބޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި  331.2 މިލިޔަން ރުފިޔާ ޚަރަދުވާާނެއެވެ. އެއީ ގާތްގަނޑަކަށް 785 ފަރާާތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ނިމިދިޔަ ސަރުކާރުގައި ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުގެ އަދަދަށްވުރެ ބޮޑު އަދަދެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމްތަކުގައި ތިއްބެވީ 465 ފަރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. 

މި އަދަދަށްވުރެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުގެ އަދަދުތައް ގިނަ ނުވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. ނަަމަވެސް ކުރީ ސަރުކާރާއި އަޅާބަލާއިރު މި ސަރުކާރުގައި މިހާތަނަށް 69އިންސައްތައަަށް އެ މަގާމްތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ސަރުކާރުގައި ސިޔާސީ މުވައްޒަފުން އެންމެ ގިނައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ އޮފީހުގައި 377 ސިޔާސީ މުވައްޒަފުން ހަރަކާތްތެރިވަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement

ކޮމެންޓް