Advertisement

ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތް ކުރުމަށް ޝެއިހު އިލްޔާސް ޖޭއެސްސީއަށް ގޮވާލައްވައިފި

12 Nov 2019 | 22:57

ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން މަސައްކަތް ކުރެއްވުމަށް އައްޝައިޚު އިލްޔާސް ޙުސައިން ޖުޑިޝާލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގޮވާލައްވައިފިއެވެ.

އިލްޔާސް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ޖުޑިޝަރީގައި ހުރި މައްސަލަތައް ޙައްލު ކުރެއްވުމަށް ދައްކާ ވާހަކައިގެ މަފްހޫމް ނުއޮޅޭގޮތަށް ވާހަކަ ދެއްކެވުމަށެވެ. އޭނާގެ ޓުވީޓުގައި ވަނީ ޖޭއެސްސީއަށް ސުވާލެއް ވެސް ކުރިމަތި ކުރުވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ޖުޑިޝަރީ އިސްލާހު ކުރެއްވުމުގެ ނަމުގައި ޝަރީޢަތާ ބީރައްޓެހި ބަޔަކު ގެނައުމަކީ އިސްލާހެއްތޯއެވެ؟

"އިސްލާމީ ޝަރީޢަތާ ބީރައްޓެހި ބަޔަކު (ޖުޑިޝަރީއަށް) ގެނައުމަކީ އިސްލާޙުކުރުންތޯ؟ ޝަރީޢަތާ ބީރައްޓެހި ނޫންބަޔަކު އިޚްތިޔާރުކުރައްވާ ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން މަސައްކަތްކުރައްވާ،" އިލްޔާސް ވިދާޅުވެފައިވެއެވެ. މީގެ އިތުުރުން ޝެއިހު އިލްޔާސް ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ މަގާމުން ވަކިކޮށްފާނެތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޝައިޚް އިލްޔާސް ވިދާޅުވެފައިވައިވަނީ ޑރ. ޑީޑީ އަކީ ޝަރުޢީ ދާއިރާއިން މަތީތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެފަދަ ބޭފުޅަކު ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ފަޚުރެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް