Advertisement

ސިނަމާލެ ބްރިޖް ހައިވޭގައި ހިނގި ނުރައްކާތެެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ނިޔާވެއްޖެ

13 Nov 2019 | 11:17

ސިނަމާލެ ބްެރިޖާއި ހުޅުމާލެ ގުޅުވާލަދޭ ހައިވޭ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ނިޔާާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުުޅުމާލެއިން ހައިވޭއަށް އަރާ ފަޅީގައިކަމަށް މައުލޫމާތު ލިބެއެވެ. މި އެކްސިޑެންޓް ދިމާވެފައިވަނީ އެ ކުޑަކުއްޖާއާއި އޭނާގެ މަންމަ ދުއްވާފައި ދިޔަ ސްކޫޕީ ސައިކަލެއް، އެ ސަރަހައްދުން ދަތުރުކޮށްފައިިދިޔަ އެމްޓީސީސީގެ ބަހެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގުމާއި އެކު ބަހުގެ ޑްރައިވަރ ވަނީ އެ ސަރަހައްދުން ފިލާފައެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. 

މި ހާދިސާގައި ނިޔާވެފައިވަނީ 13އަހަރުގެ އަންހެން ކުއްޖެކެވެ. އެ އަންހެންކުއްޖާ ނިޔާވިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. މި ކުއްޖާ ޓްރީޓޮޕް ހޮސްޕިޓަަލަށް ގެންދެވުނު އިރުގައިވެސް ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތުދެެއެވެ.

އެ ކުއްޖާގެ މަންމައަށް މިވަގުުތު ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެ ކުއްޖާގެ މަންމަ ހާލު ސީރިއަސް ނޫންކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް