Advertisement

އެކްސިޑެންޓް ވެފައިވަނީ އެމްޓީީސީސީގެ ބަހަކުން

13 Nov 2019 | 10:02

މިރޭ ހުުޅުމާލެ އަދި ހުުޅުލެ ގުޅުވާލަދޭ ހައިވޭ ސަރަހައްދުގައި ހިނގައިދިޔަ އެކްސިޑެންޓްގައި ސައިކަލުގައި ޖައްސާފައިވަނީ އެމްޓީީސީސީގެ ބަހެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭ ފެށޭ ސަރަހައްދުގައިވާ ކުރީގެ ބަސް ޓާމިނަލް ކައިރިންނެވެ.

 މި އެކްސިޑެންޓް ދިމާވެފައިވަނީ އެ ކުޑަކުއްޖާއާއި އޭނާގެ މަންމަ ދުއްވާފައި ދިޔަ ސްކޫޕީ ސައިކަލެއް، އެ ސަރަހައްދުން ދަތުރުކޮށްފައިިދިޔަ އެމްޓީސީސީގެ ބަހެއްގައި ޖެހިގެންނެވެ. މިއަހަރުގެ ރަމަޟާން މަހުގައިވެސް އެމްޓީސީސީގެ ބަހަކުން ޖެހި، ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. 

މިރޭގެ ހާދިސާގައި ހިމެނޭ ބަސް އެތަނުން ވަގުތުން ދިޔަކަމަށްވެއެވެ. ނަމަވެސް އެ ބަހުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ 13އަހަރުގެ އަންހެން ކުއްޖެކެވެ. އެ އަންހެންކުއްޖާ ނިޔާވިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.

އެ ކުއްޖާގެ މަންމައަށް މިވަގުުތު ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެ ކުއްޖާގެ މަންމަ ހާލު ސީރިއަސް ނޫންކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް