އަންޖުމްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭގައި

13 Nov 2019 | 11:24

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި އުމުރުން 13އަހަރުގެ ފާތިމަތު އަންޖުމް ޝަފީގުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަނާާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ.

އަންޖުމްއަކީ ޖަމާލުއްދީން ސްކޫލްގެ ގްރޭޑް ހަތެއްގައި ތައުލީމް ހާސިލްކުރަމުންދިޔަ، ކިޔެވުމަށް މޮޅު ކުއްޖެކެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުުޅުމާލެއިން ހައިވޭއަށް އަރާ ފަޅީގައިކަމަށް މައުލޫމާތު ލިބެއެވެ. މި އެކްސިޑެންޓް ދިމާވެފައިވަނީ އަންޖުމްއާއި އޭނާގެ މަންމަ ދުއްވާފައި ދިޔަ ސްކޫޕީ ސައިކަލެއް، އެ ސަރަހައްދުން ދަތުރުކޮށްފައިިދިޔަ އެމްޓީސީސީގެ ބަހެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގުމާއި އެކު ބަހުގެ ޑްރައިވަރ ވަނީ އެ ސަރަހައްދުން ފިލާފައެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން އަންޖުމް ޓްރީޓޮޕް ހޮސްޕިޓަަލަށް ގެންދެވުނު އިރުގައިވެސް ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތުދެެއެވެ.

އެ ކުއްޖާގެ މަންމައަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ. އެ ކުއްޖާގެ މަންމަ ހާލު ސީރިއަސް ނޫންކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް