އެކްސިޑެންޓްގައި ހިމެނޭ ބަސް ޑްރައިވަރުގެ ބަންދުގެ މުއްދަތަށް

14 Nov 2019 | 11:46

ހުޅުމާލެއާއި ހުޅުލެ ގުޅުވާލަދޭ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ބަސް ޑްރައިވަރުގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހައިދީފިއެވެ. 

54 އަހަރުގެ މި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރުމުގެ މުއްދަތު ޖަހައިދީފައިވަނީ ކްރިމިނަލް ކޯޓުންނެވެ.

މިމަހުގެ 12ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި 13އަހަރުގެ ފާތިމަތު އަންޖުން ޝަފީގު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓް ދިމާާވާން މެދުވެރިވީ އަންޖުމްއާއި އޭނާގެ މަންމަ ދުއްވާފައި ދިޔަ ސައިކަލުގައި ފަހަތުން އައި އެމްޓީސީސީގެ ބަހެއް ޖެހިގެންނެވެ.

މި ހާދިސާއާއި ގުޅިގެން އެމްޓީސީސީން ވަނީ އެ ބަސް ސައިކަލުގައި ޖެހުނުކަން ބަހުގައި އިން އެއްވެސް ފަރާތަކަށް އެނގިފައި ނުވާކަމަށާއި، ބަހުގެ ބޭރުންވެސް އެއްވެސް ގެއްލުމެއް ފެންނަން ނެތްކަމަށެވެ. 

މިއީ މި އަހަރުގެ ތެރޭގައި އެމްޓީސީސީގެ ބަހެއްގެ ސަބަބުން ހިނގައިދިޔަ ދެވަނަ މަރެވެ.

Advertisement

ކޮމެންޓް

Advertisement