އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 34 މީހަކު ނިޔާވެއްޖެ

15 Nov 2019 | 18:18

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދިން ރޮކެޓް ހަަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 34އަށް އަރައިފިއެވެ.

ބީބީސީން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާތަކުގައި ފަލަސްތީނުގެ 34މީހަކު ޝަހީދުވެ، 111 މީހުން ވަނީ ޒަޚަމްވެފައެވެ. މިކަމާއި ގުޅިގެން އިޒްރޭލަށް ދިން ރައްދު ހަމަލާތަކުގައި ޒަޚަމްވެފައިވަނީ 63މީހުންނެވެ.

އިޒްރޭލާއި ޣައްޒާގެ އާންމުންނާާއި މެދު މަޝްރަހު ހޫނުވެގެންދިޔައީ އިޒްރޭލުން ދިން ހަމަލާއެއްގައި ފަަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް އަވަހާރަކޮށްލުމުންނެވެ. އެއާއި އެކު އެކަމުގެ ރައްދުގައި އެ ޖަމާއަތުން ވަނީ އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގާތްގަނޑަކަށް ދެދުވަހުގެ ހަމަލާ ބަދަލުކުރުންތަކަށްފަހު، ދެފަރާތުންވެސް ވަނީ ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. ނަމަވެސް އޭގެ ފަހުންވެސް ދެފަރާތުން ވަނީ ކުދި ހަމަލާ ބަދަލުކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

މި ހަމަލާތަކުގައި 190 ގެއެއް ވަނީ މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެ، 15ސްކޫލަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައެެވެ.

Advertisement

ކޮމެންޓް