ތިލަފުށީގައި ހަދާ ކެމިކަލް ގުދަންތަކުގެ މަސައްކަތް ނިންމާލައިފި

17 Nov 2019 | 11:25

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި ހަދަންފެށި ގުދަންތަކުގެ މަސައްކަތް ނިންމާލައިފިއެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެންނެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ގަދަ ވަޔާއި ވިއްސާރައިގައި، 37 ދުވަސް ތެރޭގައި ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމާފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ ގުދަންތައް ޖީއެމްއައިޒެޑްއާ ހަވާލު ކުރާނެ ކަމަށެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން އެސްޖޭ ކޮންސްޓްރަކްޝަނާއި އެމަސައްކަތް ހަވާލުކުރީ 9.5 މިލިއަން ރުފިޔާ އަށެވެ.

ތިލަފުށީގައި ކެމިކަލް ގުދަން ހެދުމުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

އެއް ލައްކަ އަކަފޫޓުގެ ބޮޑު ބިމެއްގައި ގުދަންތައް ހެދީ ބޮޑު އެއް އިމާރާތެއްގެ ގޮތުގަ އެވެ. ގުދަންތައް ވަކި ކުރަނީ ކާގޯ ކޮންޓެއިނަރު ބަހައްޓައިގެންނެވެ.

Advertisement

ކޮމެންޓް