Advertisement

ޑރ.އަފްރާޝީމް އަވަހާރަކޮށްލީ ޖިހާދީ ފިކުރުގެ މީހުން ރާވައިގެން: ރިޕޯޓް

17 Nov 2019 | 10:29

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލީ ޖިހާދީ ފިކުރުގެ މީހުން ރާވައިގެން ކަމަށް ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރުތަކާއި ބެހޭ ކޮމިޝަންގެ ތަހުގީގީ ރިޕޯޓްގެ ޚުލާސާ އިއްވާފައިވާތީއެވެ.

އެގޮތުން އެ ޚުލާސާގައިވާ ގޮތުގައި ޑރ.އަފްރާޝީމް އަވަހާރަކޮށްލި ޖިހާދީ ޖަމާއަތް ހިންގުމުގެ ފަހަތުގައިވަނީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދެވެ. އަދި މި އަނިޔާވެރި ގަތުލު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ ހ.ހިލްޓަން އަޒްލީފް ރައޫފްކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ޑރ.އަފްރާޝީމަށް ހަމަލާދީ މަރާލާފައިވަނީ ހ.ލޮބީ ހުސައިން ހުމާމް، ހ.ހިކޯސްޓް އަލީ ޝާންގެ އިތުރުން ކުޑަކުއްޖެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. މި ފަރާތްތަކަށް ޑރ.އަފްރާޝީމް އަވަހާރަކޮށްލުމަށް ހަތަރު މިލިޔަނާއި ހަ މިލިޔަނާއި ދެމެދުގެ ފައިސާގެ އަދަދެއް ހުށައަޅާފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައިގައިވެސް މަޒީދާއި ޞާމިތުގެ ނަން ހިމެނިފައިވެއެވެ. 

Advertisement

ކޮމެންޓް