ލަންކާގެ ރިޔާސީ އިންތިޚާބު: ގޯޓާބަޔައަށް މަރުހަބާާ ދެންނެވި ފުރަތަަމަ ވެރިއަކަށް ރައީސް ޞާލިހު!

17 Nov 2019 | 12:17

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާާމިޔާބުކުރެއްވި ގޯޓާބަޔަ ރާޖަޕަކްސައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ޞާލިހުގެ ފަރާތުން ގޯޓާބަޔައަށް މަރުހަބާ ދެންނެވީ ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ގޯޓާބަޔަ ހޯއްްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށާއި، ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އާ ސަރުކާރާއި އެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޞާލިހަކީ ގޯޓާބަޔައަށް މަރުހަބާ ދެންނެވި ދުނިޔޭގެ އެންމެ ފުރަތަމަ ލީޑަރެވެ.

މި ސަރުކާރުގެ އިސް ބައެއް ފަރާތްތަކަކީ ގޯޓާބަޔަ ރާޖަޕަކްސަ ނިސްބަތްވާ އެސްއެލްޕީޕީ ޕާޓީގެ ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަކީ ގޯޓާބަޔައަށް ބޮޑުބޭބެ ވިދާޅުވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމަލް ރާޖަޕަކްސައާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

Advertisement

ކޮމެންޓް