Advertisement

ރައީސް ޔާާމީންގެ މައްޗަށް ހުކުމް ކުުރުން އަނެއްކާވެސް ފަސްކޮށްފި

17 Nov 2019 | 14:38

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގގެ މައްސަލައިގައި ހުކުމްކުރުން މިމަހުގެ 28ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މިއީ މި މައްސަލައިގައި ހުކުމް ކުރުން ފަސްކުރި ދެވަނަ ފަހަރެވެ.

މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗްގައި ހިމެނި ވަޑައިގަންނަވަނީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

މީގެ ކުރިން މި މައްސަލަ ބައްލަަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސްގާާޒީ އަހުމަދު ހައިލަމް ވަނީ 60ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ.

މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗްގައި އިސްކޮށް އިންނަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު ގާާޒީންގެ މެދުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެވިފައިވާކަމަށާއި މި މައްސަލައިގައި އަލުން ހެކިބަސް ނެގުން އެއީ ރަނގަޅު ކަމަކަށް ނުބެލެވޭކަމަށެވެ.

" އެހެންކަމުން ޝަރީޢަތުން މިނިންމަނީ މައްސަލަ ކުރިއަށް ގޮސްފައި އޮތް ހިސާބުން މައްސަލަ ކުރިއަށް ގެންދަން. މިމައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައިވާ ހުރިހާ ލިޔުންތަކެއް ވަނީ ގާޟީންނާއި ހަވާލުކުރެވިފައި"، ގާާޒީ ވިދާޅުވިއެވެ

Advertisement

ކޮމެންޓް