Advertisement

އެމްއައިބީ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފި

17 Nov 2019 | 16:44

މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް ޕީ.އެލް.ސީ ލިސްޓްކުރުމަށް ޙާއްސަ ޖަލްސާއެއް މިއަދު ހެނދުނު ވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާފައެވެ. މި ޖަލްސާ ޝަރަފުވެރި ކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

ޖަލްސާގެ ޙާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އަލީ ހާޝިމް، ޑިރެކްޓަރ އޮފް ފައިނޭންޝިއަލް އިންސްޓިޓިއުޝަންސް ޑެވެލޮޕްމަންޓް އޮފް އައި.ސީ.ޑީ މިސްޓަރ އާމިރު ހުސައިން ޙާން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު އަލާޢު އަލީ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗެެއަރމަން މރ ނަޖުމުލް ހަސަން އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީ.އީ.އޯ އަބުލް އިޚްތިޝާމް އަބްދުލް މުހައިމަން އެވެ.

30 ޖޫން 2019 ވަނަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް އިން ވަނީ244،12،000 ރުފިޔާގެ 6،975،000 ޙިއްސާ ޢާންމުންނަށް ވިއްކަން ހުށައަޅައިފައެވެ. 

ޙިއްސާ ވިއްކުމަށް ހުޅުވާލި 35 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ހުށައެޅި ހިއްސާގެ އަދަދަށްވުރެން 46.05 އިންސަތަށް ވަނީ އިތުރަށް ވިކިފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައިގަނޑު އެއް މަޤްސަދަކަށްވީ ވީހާވެސް ގިނަ ޢާންމު ރައްޔިތުންނަށް ބޭންކުގެ ޙިއްސާވިއްކުމެވެ. 

އެގޮތުން 16084 އަމިއްލަ ފަރުދުން އަދި 60 އިންސްޓިޓުޝަނަލް އިންވެސްޓަރުން ބައިވެރިވެފައި ވެއެވެ. މިހަފްލާގައި އެމް އެސް ޑީގެ ފަރާތުން އައިޕީއޯގެ އުސްއަލިތަކާއި ބެހޭގޮތުން ޕްރެޒެންޓޭޝަންއެއް ހުށަހަޅަފައިވެއެވެ.

Advertisement

ކޮމެންޓް