އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ފާާސްކޮށްފި

18 Nov 2019 | 13:56

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

އެމަނިކުފާނު މަގާމުން ވަކިކުރުމަށް ފާސްކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓާއެކު އެވެ. އަދި ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

މި މައްސަލައާއި މެދު ވަކިކޮަޅަކަށް ވޯޓުދެއްވަން ބޭނުންފުޅުނުވާ އެއް މެންބަރަކު އިންނެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މި ދެބޭފުޅުން ތިއްބެވީ މިމަހުގެ 13ވަނަ ދުވަހުން ފެށިގެން ޖޭއެސްސީގެ ފަރާތުން ސަސްޕެންޑްކޮށްފައެެވެ.

މި ދެފަރާތްވެސް ވަކިކޮށްފައިވަނީ ޖޭއެސްސީން ބެލި ސުލޫކީ މައްސަލަތަކެއްގެ މައްޗަށް ރިއާޔަތްކޮށެވެ.

Advertisement

ކޮމެންޓް