މާމައިންނާއި ކާފައިންގެ ގައުމީ ދުވަހެއް ފާހަގަކުރަނީ

18 Nov 2019 | 15:57

އަންނަ އަހަރުން ފެށިގެން ގައުމީ ފެންވަރެއްގައި މާމައިންނާއި ކާފައިންގެ ދުވަސް ފާހަގަކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދޮށީ އުމުރުގެ މީހުންނާ ގުޅޭ ގައުމީ އެކްޝަން ޕްލޭނެއް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝަަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ މާމައިންނާއި ކާފައިންެގެ ގައުމީ ދުވަހެއް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހުގައި ކަމަށެވެ.

އަދި މިފަދަ ދުވަހެއް ފާހަގަކުރަނީ ދޮށީ އުމުރުގެ މީހުން، ގައުމަށާއި އެ މީހުންގެ އާއިލާތަކަށް ކޮށްދީފައިވާ ހިދުމަތް ފާހަގަކޮށް އަގުވަޒަން ކުރުމަށްޓަކައިކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކާފައިންނާއި މާމައިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކާފައިންނާާއި މާމައިންެގެ ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތްތަކާއި ދުވަހާގުޅޭ ޚާއްސަ ޕްރޮގްރާމްތަކެއް ސްކޫލްތަކުގައި ކުރިއަށްގެންދާާނެއެވެ.

Advertisement

ކޮމެންޓް

Advertisement