ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ސާމާނު ދިގުމުއްދަތަކަށް ދޫކުރަނީ

18 Nov 2019 | 17:36

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ސާމާނުތައް ދިގު މުއްދަތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް ފަށައިިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެގޮތުން، ދިވެހިރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ (ޑައިމަންޑް ބެކް ސްކުއިޑް) މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް އެމަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމް 6 ވަނަ ފަހަރަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ..

މިފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ސެޓުކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ ފެޑް ސެންޓަރއިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް މިތަކެތި ފެންނަން ހުންނާނެކަމަށް ވަނީ ބުނެފައެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް އެދި ހުށަހަޅާ ފޯމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ބޭނުންވާ އާލާތް ދިގުމުއްދަތުގައި އަގުއަދާކުރާގޮތަށް ދޫކުރުމުގެ އުޞޫލު، އެ މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ޑައުންލޯޑް ލިބެން ހުންނާނެއެވެ.

މިކަމަށް އެދިހުށަހަޅުމުގެ ފުރުޞަތު ހަމަވާނީ ޑިސެމްބަރ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގައެވެ.

Advertisement

ކޮމެންޓް

Advertisement