ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކުގެ ޑިޒައިން ބަދަލެއް ނުކުރާނެ!

19 Nov 2019 | 15:27

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ޑިޒައިން ބަދަލުނުކުރުމަށް ނިންމައިފިއެވެ.

މި 7000 ފްލެޓްތަކުގެ ޑިޒައިން ބަދަލުނުކުރާނެކަން އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މީޑިޔާއެއްކަމުގައިވާ "މިހާރު"އަށް ދިން އިންޓަރވިއުއެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ ފްލެޓްތަކުގެ ޑިޒައިންތަކަށް ބަދަލު ނުގެންނަން ނިންމީ އެކަމާއި މެދު ކުރެވުނު މަޝްވަރާތަކުގައި ލިބުނު ޚިޔާލުތަކުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ.

އެގޮތުން ފްލެޓްތަކުގެ އަދަދުތައް މަދުވާން އާންމުން ނޭދޭއިރު، ފާރުތައް ތަޅާލައިގެން ޑިޒައިނަށް ބޮޑު ބަދަލެއް ގެނައުމަކީ ގޮންޖެހުމާއި ހަރަދު ބޮޑުކަމެއްކަމަށްވެސް ސުހައިލް ފާހަގަކުރެއްވިއެވެ.

ސުހައިލް ވަނީ އަންނަ އަހަރުގެ ތިންވަނަ ކުއާޓާއަށް ފްލެޓްތަކުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނިމޭނެ ވަކި ތާރީޚެއް ދަންނަވަން ދަތިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް