އަވަސް ރިޔާސީ އިންތިޚާބެއް ބާއްވަން ގޮވާލައި ޖާބިރުގެ ގަރާރެއް!

20 Nov 2019 | 03:21

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންތިޚާބެއް ނޫންކަމަށްބުނެ، އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

މި ގަރާރު ހުށައަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރެވެ.

ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގައި ބޭއްވޭ ކޮންމެ ރިޔާސީ އިންތިޚާބަކީ ރާާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވާދަކުރެވޭ ގޮތުގެ މަތިން ބޭއްވޭ މިނިވަން އިންތިޚާބަކަށް ވާންޖެހޭއިރު، 2018ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބުވެފައިވަނީ ގާނޫނުއަސާސީއާއި ޚިލާފަށް ބޭއްވުނު ރިޔާސީ އިންތިޚާބަކުން ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާާންކުރެވިފައިވާ ގޮތުގެ މަތިން، ސިޔާސީ ޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަކުރެވޭނެ ގޮތުގެ މަތިން އަލުން މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިހިނދުން މިހިނދަށް ފަށައި، އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކޮށް ގަރާރެއް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ކިބައިން އެބޭފުޅާ ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް

Advertisement