ޚިދުމަތްކުރަން ފެއިލްވި ދުވަސްތަކުގައި އުޅެންޖެހުނީ މަގުމަތީގައި: ޝިފާޒް

20 Nov 2019 | 18:57

އެމްޑީޕީގެ އާންމު މެންބަރުންނަށް ޚިދުމަތްކުރުމަށް ފެއިލްވި ދުވަސްތަކުގައި އުޅެންޖެހުނީ މަގުމަތީގައިކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން މިރޭ މާލޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ އެމްޑީީޕީގެ މެންބަރުންގެ ކިބައިން އެދޭ އެދުމަކީ އެބޭފުޅާއަށް އިޚުލާސްތެރި ވޯޓެއް ދެއްވުންކަމަށެވެ. އެފަަދައިން އެދުމުގެ އެންމެ ބޮޑު ބޭނުމަކީ އެފަރާތްތަކަށް އަނެއްކާވެސް ޚިދުމަތްކުރާނެ ފުރުސަތެއް ހޯދުންކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ މެންބަރުންނަށް ޚިދުމަތްކުރުމުގައި ފެއިލްވި ދުވަސްތަކުގައި މުޅިންހެންވެސް އުޅެން ޖެހުނީ މަގުމަތީގައި ކަމަށާއި އެނޫންނަަމަ ދޫނިދޫގައި ނުވަތަ ކޮންމެވެސް ރަށެއްގައި ކަމަށެވެ. 

އަދި މިއަދު މިފަދައިން އެއްވެ ތިބެވޭ ސަބަބަކީ އެދުވަހު ކުރި މަސައްކަތުންކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެެވެ.

Advertisement

ކޮމެންޓް