Advertisement

ބީއެމްއެލް އިސްލާމިކް: 50،000ރ ފެށިގެން މައްޗައް ޖެނެރަލް ފައިނޭންސް ތައާރަފްކޮށްފި

30 Oct 2018 | 05:35

އަމިއްލަ ވިޔަފާރިތައްކުރާ ފަރުދުންނައް އަމާޒުކޮށް ބެންކް އޮފް މޯލްޑިވްސްއިން އިސްލާމިކް އިން ޖެނެރަލް ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފުކޮށްފިއެވެ

އިސްލާމީ ސަރީއަތުގައި ހުއްދަ ކޮށްފައިވާ ކޮންމެ ބޭނުމަކަށްވެސް 50،000 ރުފިޔާއިން ފެށިގެން މަތީ އަދަދެއްގެ ފައިނޭންސް އެ ފެސިލިޓީގެ ދަށުން ހަމަޖެހޭނެއެވެ.

އެހެންކަމުން މި ފެސިޓީގެ ދަށުން ބޭންކުން ގަންނަތަކެތީގެ ނުވަތަ ކުރަން ބޭނުންވާ ޕްރޮޖެކްޓުގެ 70 އިންސައްތަ ފައިނޭންސް ހަމަޖައްސައިދޭނެއެވެ.

އަދި ފައިސާ ހަލާސްކުރުމަށް ވަނީ ފަސޭހަގޮތެއް ހަމަޖައްސަވާފައެވެ. އެގޮތުން މަހުން މަހަށް ފައިސާ ދައްކާ ޚަލާސްކުރުމަށް 12 މަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓުގެ ނުވަތަ ގަންނަން ބޭނުންވާ ތަކެތީގެ ޖުމްލަ އަގުގެ 70 އިންސައްތަ އާ ހަމަޔަށް ބޭންކުން ފައިނޭންސް ހަމަޖައްސައިދޭނެއެވެ.

މިއަދު ތައާރަފުކުރި ޕްރޮޑަކްޓާއި ގުޅޭ ގޮތުންވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އިސްލާމީ އުސޫލުތަކުގެ މަތިން ތަފާތު އެކި ކަންކަމަށް ބޭނުންވާ ފައިނޭންސް ފެސިލިޓީއެއް ތައާރަފު ކުރެވިގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާއި، އާ ވިޔަފާރި އެއް ފެށުމަށާ އަދި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސަށް ވެސް އެދި ހުށަހެޅޭނެ ކަމަށް ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް