Advertisement

މަންޓާއިން ފަސްވަނަ ސީޕްލޭން ގެެނެސްފި

21 Nov 2019 | 20:18

ދާދިފަހުން ސީޕްލޭންގެ ދަތުރުތައް ފެށި މަންޓާ އެއާގެ ފަސްވަނަ ސީޕްލޭން ގެނެސްފިއެވެ.

މަންޓާއިން މައުލޫމާތުދޭގޮތުގައި އެކުންފުނީގެ ފަސް ވަނަ ސީޕްލޭން ގެނެސްފައިވަނީ އިއްޔެެގެ ވަގުތެއްގައެވެ. އަދި އެ ކުންފުނީގެ ހަވަނަ ސީޕްލޭން މާލެ އައުމަށް ވަނީ ދަތުރު ފަށާފައެވެ.

ދާދިފަހުން އެކުންފުނިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއް ގާއިމްކޮށް، ޝެޑިއުލް ދަތުރުތައް ފަށާފައެވެ.

މަންޓާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފެއްޓުމާއި އެކު ރާއްޖޭގެ ސީޕްލޭންގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މި ސީ ޕްލޭންތަކުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މަންޓާ އެއާގެ ސީޕްލޭންތައް ދަތުރުކުރާނީ ޝެޑިއުލްކޮށެވެ. މި ފްލައިޓްތަކުން ދަތުރުކުރައްވަން ބޭނުންވާ ކަސްޓަމަރުންނަށް ކުރިން ޓިކެޓް ބުކްކުރުމުގެ ފުރުސަތު އޮންނާނެއެވެ

މަންޓާއިން މިހާރުވެސް ދަނީ ދަރަވަންދޫއާއި ކުޑަހުވަދޫއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް އާންމުންގެ ބޮޑެތި ތަރުހީބެއް ދަނީ ލިބެމުންނެވެ.

Advertisement

ކޮމެންޓް

Advertisement