އަދީބުގެ ބަޔާންތަކާ ގުޅިގެން ވަކީލް ސިރާޖު ހައްޔަރުކޮށްފި

21 Sep 2018 | 15:42

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށް، ޕެންޑްރައިވަކާއި ހާޑް ޑިސްކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ސިރާޖު ހައްޔަރު ކުރުމަށް ފަހު، އޭނާ ދިރިއުޅުއްވާ ގ. ހުމަށި ގޭގެ، އެޕާޓްމަންޓް ބަލައި ފާސްކޮށްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު ކޯޓު އަމުރެއްގެ ދަށުންނެވެ. ސިރާޖުގެ ހާޒިރުގައި އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، އޭނާގެ އޮފީހުގެ ބައެއް ލިޔެކިޔުންތައް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު ހާޑް ޑިސްކް ޑްރައިވް އަކާއި ޕެން ޑްރައިވް އަކާއި ފަސް ސޮފުހާގެ ލިޔުމެއް ފުލުހުން ވަނީ ގެންގޮސްފައެވެ.

އޭނާގެ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ސިރާޖު ހައްޔަރުކުރީ، ރައީސް އަބްދުﷲ ޔާމީން ޖިނާއީ ކުށްތަކެއް ކުރި ކަމެއް ބުނެ އަދީބާ ހަވާލާ ދެއްވައި ދޮގު ވާހަކަތަކެއް ފެތުރި ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement