Advertisement

އިސްލާާމް މުގައްރަރަށް ބަދަލު ގެންނަނީ: ތަފްސީލް ހޯދުމަށް ދީނީ އިލްމުވެރިން އެދިއްޖެ

21 Nov 2019 | 23:16

ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް މުގައްރަަރަށް ގެނައުމަށް ވިސްނަމުންދާާ ބަދަލުތަކުގެ ތަފްސީލް ހޯދުމަށް ދީނީ އިލްމުވެރިން އެދިއްޖެއެވެ.

އިލްމުވެރިން މިފަދައިން އެދިފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ބުނެފައިވަނީ މިހާރު އޮތް އިސްލާާމް މުގައްރަރުގައި މީސްތަކުންގެ މެދުގައި ނަފްރަތު އުފެދޭގޮތަށް ފިލާވަޅުތައް ހިމެނޭކަމަށް ތުހުމަތުކޮށް ގިނަބަޔަކު މީސްމީޑިޔާގައި ޝުއޫރު ފާޅުކޮށްފައިވާތީ، އެ މުގައްރަރަށް ބަދަލުގެންނަން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ހާމަކުރައްވާާފައިވާ ކަމަށެވެ.

އެ ފަރާތްތަކުން ވިދާޅުވީ މިހާރު އޮތް މުގައްރަރަކީ ރާއްޖޭގެ އެތަކެއް ދީީނީ އިލްމުވެރިންގެ އިތުރުން ކަމާއިބެހޭ މާހިރުންނާާއި މުއައްސަސާތަކުން އެތަކެއް ދުވަހެއް ވަންދެން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވި، އެތަކެއް ބަޔެއްގެ ބުރަ މަސައްކަތުން އެކުލަވާލެވި ފުރިހަމަ ކުރެވުނު މުގައްރަރެއް ކަމަށެވެ. ނަމަވެސް މިހާރުގެ މުގައްރަރާއި މެދު ތުހުމަތުކޮށް ވާހަކަދެއްކި ފަރާތްތަކުން ފާާހަގަކޮށްފައިވާ ތަންތަނަކީ ކޮބައިކަން ހިއްސާކުރުމެއް ނެތި، އެ މުގައްރަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވަނީ ބުނެފައެވެ.

އެގޮތަށް އަމަލުކުރުމުގެ ސަބަބުން މައްސަލަ ހުރި ހިސާބުތައް މުރާޖައާކޮށް އިލްމީ ބަހުސްކުރުމުގެ ފުރުސަތު ގެއްލިފައިވާކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މުގައްރަރަށް ގެންނަ ބަދަލުތަކުގެ ތަފްސީލް ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.

ފޮޓޯ: ވަން

Advertisement

ކޮމެންޓް