ކިނޮޅަސް ކައުންސިލްގެ ގުރުއާން މުބާރާތް ބާއްވައިފި

23 Nov 2019 | 18:01

ރ.ކިނޮޅަސް ކައުންސިލްގެ ގުރުއާން މުބާރާތް ބާއްވައިފިއެވެ.

މިއީ އެ ކައުންސިލްގެ ބާއްވާ 9ވަނަ ގުރުއާން މުބާރާތް މުބާރާތެވެ. 59 ބައިވެރިންނާއި އެކު ބާއްވާ މި މުބާރާތަކީ ގައުމީ މުބާރާތުގެ މުގައްރަރަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ވަނަ ވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމްތަކާއި އެހެނިހެން އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ އެއްވަނައަށް އަންނަ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ އިސްފަނޑިޔާރުކަން ކުރައްވާފައިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިނެވެ. ޖުމްލަ ތިން ފަނޑިޔާރުންނާއި އެކު ކުރިއަށް ގެންދިޔަ މި މުބާރާތް ވަނީ މި ހުކުރު ދުވަހު ނިންމާލާފައެވެ. މުބާރާތުގެ ވަނަދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރ.ކިނޮޅަސް ކައުންސިލަކީ އަބަދުވެސް ގުރުއާން މުބާރާތް ބާއްވަމުންދާ ކައުންސިލެކެވެ.

Advertisement

ކޮމެންޓް