Advertisement

މާފަރުގެ އެއާޕޯޓް ޑިސެމްބަރ 1ގައި ހުޅުވަނީ

25 Nov 2019 | 17:37

ނ.މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު އަންނަ އަހަރުގެ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ތައްޔާާރުވެއްޖެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުން ދިން ހިލޭ އެހީގެ ދަށުންނެވެ.

މި އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުންނަ އިރު، އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ.

އަދި އިންޓަރނޭޝަނަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންދިޔަކަންވެސް ފާހަގަކޮށްލެވެއެވެ. މި އެއާޕޯޓް ހިންގާނީ އައިލެންޑް އޭވިއޭޝަންގެ ފަރާތުންނެވެ.

މާފަރުގައި އެއާޕޯޓެއް އެޅުމަކީ އެރަށާއި ނ.އަތޮޅުގެ ރައްޔިތުން ގިނަ އަހަރުތަކެއް ވަންދެން ދެކެމުން އައި އުންމީދެކެވެ. މި އެއާޕޯޓުގެ މަސައްކަތް ފައްޓާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. 

Advertisement

ކޮމެންޓް