Advertisement

އޯއައިސީގެ އަންހެނުން ބާރުވެރިކުރުވުުމުގެ ޖަމްއިއްޔާގެ މެންބަރަކަށް ދިވެހިރާއްޖެ!

26 Nov 2019 | 15:16

އޯއައިސީގެ ވިމެން ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގެ މެންބަރަކަށް ދިވެހިރާއްޖެ ވެއްޖެެއެވެ.

މި ޖަމްއިއްޔާގެ ސްޓެޓިއުޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުުޅުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރު ޝާހިދު ސަޢޫދީޢަރަބިއްޔާއަށް ވަޑައިގެންފައި ވަނީ އޯ.އައި.ސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއަދު ބޭއްވެވި ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އޯ.އައި.ސީގެ ހަރަކާތްތަކާއި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އުތައިމީން ވަނީ ދިވެހިރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

އޯ.އައި.ސީއަކީ ދިވެހިރާއްޖެއިން އެންމެ ހަރަކާތްތެރިކޮށް ބައިވެރިވާ ބައިނަލްއަޤްވާމީ އެއް ޖަމްޢިއްޔާއެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައިވާއިރު، މާތްވެގެންވާ މައްކާގައި މިއަހަރުގެ މެއި މަހު ބޭއްވި 14 ވަނަ އިސްލާމިކް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަތެވެ.

އ.ދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްއިއްޔާއަކީ އޯ.އައި.ސީ އެވެ. 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ މިޖަމްޢިއްޔާއަކީ އިސްލާމީ ދުނިޔޭގެ އަޑު އުފުލައިދޭ ޖަމާޢަތެވެ. އެޖަމްއިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ބޭނުންވާ ކަންކަން ޕްރޮމޯޓްކުރުމާއި، ސުލްހަމަސަލަސްކަން ޤާއިމްކުރުން ހިމެނެއެވެ. ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު (ނޣޢވ) ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރުއެވެ.

Advertisement

ކޮމެންޓް