Advertisement

ސަލަފް ޖަމްއިއްޔާ އުވާލުމާއި މެދު އެމްޑީއެންއިން ކަންބޮޑުވުން ފާޅުކޮށްފި

26 Nov 2019 | 14:42

ޖަމްއިއްޔަތުލް ސަލަފް އުވާލުމާއި މެދު ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުންދާ ގޮތާއި މެދު، ސަރުކާރުން އުވާލުމަށް ނިންމާފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީއެން އިން މިހެން ބުނެފައިވަނީ ނެރުނު ނޫސްބަޔާނެއްގައެވެ.

އެފަރާތުން ބުނީ ޖަމްއިއްޔަތުލް ސަލަފާއި އެ ޖަމްެއިއްޔާއަށް ނިސްބަތްވާ ބައެއް ފަރުދުން ހިންގާފައިވާ އަދި ހިންގަމުންދާ ހަރަކާތްތަކަކީ ޓެރަރިޒަމަށް ބާާރުދޭ އަމަލުތަކެއްކަމުގައި ކުރެވޭ އިލްޒާމަކީ ސީރިއަސް މައްސަލަތަކެއް ކަމާއި، 2015ވަނަ އަހަރު އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓްގައިވެސް އެފަދަ ކަންކަން ފާހަގަކޮށްފައިވާއިރު، އެ މައްސަލަތައް ތަހުގީގުނުކޮށް ގިނަ އަހަރުތަކެއް ވަންދެން އޮތުމަކީ މައްސަލަ އިތުރަށް ނުރައްކާތެރިވާނެކަމެއްގެ ކަމުގައި ދެކޭ ކަމަށެވެ. މި ބަޔާނުގައި ވަނީ އެ މައްސަލަތައް ތަހުގީގުކޮށް ގާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އެހެން ނަމަވެސް ޖަމްއިއްޔާއަކާއި މެދު ކުރެވޭ އިލްޒާމަކާާއި ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އުވާލުމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ޚިލާފު، އަދި އެ ޖަމްއިއްޔާއިން ކުށްވެރިކުރާ ކަމެއްކަމަށް ވަނީ ބުނެފައެވެ.

މި ބަޔާން ނިންމާލަމުން އެމްޑީއެންެއިން ވަނީ މަދަނީ ޖަމްެއިއްޔާތައް ހިންގުމަށް ހުރަސްނާޅާ، ޖަމްެއިއްޔާތަކުގެ މަސައްކަަތަކީ ބޭނުންތެރި މަސައްކަތަކަށް ހެދުމަށް އެއްބާރުލުން ދިނުމަށް ސަރުކާރާއި ދައުލަތުގެ ކިބައިން އެދިފައެވެ. އަދި މައްސަލައެއް ދިމާވުމުން މައްސަލަ ހައްލުކޮށް، އިސްލާހުކުރުމުގެ މަގުފަހިކޮށްދިނުމަށްވެސް ގޮވާލާފައެވެ.

Advertisement

ކޮމެންޓް

Advertisement