Advertisement

މެރާކިއަށް ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

26 Nov 2019 | 12:09

މާލޭގެ މަޝްހޫރު ކޮފީ ޝޮޕެއްކަމުގައިވާ މެރާކި ކޮފީ ރޯސްޓާސް އަށް ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެތަނުގެ ބިއްލޫރިގަނޑަށް ގާބުރިއެއް އެއްލިއިރު، މެރާާކީގެ ދޮރުކައިރީގައި ބޭއަދަބީ ބަހުން އަންހެނުން ފިރިހެނުންނަށް ނުވުމަށާއި، ފިރިހެނުން އަންހެނުންނަށް ނުވުމަށް ބުނެފައިވާ ނޯޓެއްވަނީ ހިއްޕާފައެވެ. ފާާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ މެރާކީގައި މަސައްކަތް ކުރާ ބަރިސްޓާއެއްކަމުގައިވާ އީނާސް ހެދުން އަޅަމުންދާ ގޮތާއި މެދު ގިނަބަޔެއްގެ ފާާޑުކިޔުމާއި ނުރުހުން އަމާޒުވެފައިވާާ ދުވަސްވަރެކެވެ.

އެ މަންޒަރުދުށް މީހަކު ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ 'ސަން' އަށް މައުލޫމާތު ދެމުންބުނީ ސައިކަލުތަކެއްގައި އައި ބަޔަކުގެ ތެރެއިން ކުރީ ސައިކަލުގައި ތިބި ދެމީހުން އެތަނަށް ގާބުރި އެއްލި ކަމަށެވެ. އަދި ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިޔުމުން އަނެއްކާވެސް އެއްލީ ކަމަށް އެމީހާ ބުންޏެވެ.

މެރާކި އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަރ ސެކްރެޓަރީގެ މަގާމުގައި ހުރި މަބްރޫކް އަޒީޒްގެ ހިއްސާ އޮންނަ ތަނެކެވެ. 

Advertisement

ކޮމެންޓް