ފްލައިޓް ކެންސަލްވުމުން އެއާޕޯޓް މުވައްޒަފެއްގެ ކަންފަތްމަތީ ފޯނުން ޖަހައިފި

29 Oct 2018 | 16:54

މޫސުން ގޯސްވެ ފްލައިޓް ކެންސަލްވުމުގެ ސަބަބުން އެއާޕޯޓް މުވައްޒަފެއްގެ ކަންފަތްމަތީ މީހަކު ފޯނުން ޖަހައިފިއެވެ.

ފްލައިޓް ކެންސަލްވުމާއި ގުޅިގެން ފްލައިޓް ނިސްބަތްވާ އެއާލައިނުން ވަނީ އެމީހާއަށާއި އެމީހާގެ އާއިލާއަށް ޖެހިގެން އޮތް ދަވަހު ހަމަ އެ ފްލައިޓުން ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަދީ ތަނެއްގައި ހުރުމުގެ ހަރަދުގެ އިތުރުން ފައިސާގެ ބަދަލުވެސް ދީފަކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައިވެއެވެ.

ނަމަވެސް ޖެހިގެންއައި ދުވަހުގެ ހެނދުނު އޭނާ ވަނީ އެއާޕޯޓަށް އެނބުރި ގޮސް ކައުންޓަރުގައި އިން އެއާލައިނުގެ މުވައްޒަފާއި ޒުވާބުކޮށްފައެވެ.

ކައުންޓަރުގައި އިން މުވައްޒަފައި ދިމާލަށް އިނގިލި ދިއްކޮށް ޒުވާބުކުރުމަށް ފަހު އޭނާ ގެންގުޅުނު ފޯނުން ކައުންޓަރުގައި އިން މީހާގެ ކަންފަތްމަތީ ޖެހިތަން އެއާޕޯޓުން އާންމުކުރި ސީސީޓީވީ ވީޑިއޯއިން ފެނިގެންދެއެވެ.

ޗައިނާގެ ކިންޑާއޯ އެއާޕޯޓުގައި ހިނގި މި ހާދިސާގައި ޒުވާބުކޮށް މާރާމާރީ ހިންގި މި މީހާ މިހާރުވަނީ ބްލެކް ލިސްޓްކޮށް 10 ދުވަހަށް ޖަލަށް ލާފައެވެ.

Advertisement

ކޮމެންޓް

Advertisement