މަރުގެ ރިޕޯޓްތަކާއި ގުޅިގެން މީހުންނަށް ދައުވާ ކުރެވެން ނެތްކަމަށް ބުނެފި

26 Nov 2019 | 15:49

މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރިޕޯޓްތަކާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ޕީޖީ އޮފީހާއި ހަވާލާދީ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ތަހުގީގާއި ގުޅިގެން މީހަކު ހައްޔަރުކޮށް، ދައުވާ ކުރެވިދާނެފަދަ ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އެ ކޮމިޝަނުންވެސް ބުނެފައިވާ ކަމަށެވެ.

އަދި އެ ރިޕޯޓްގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ރިޔާސީ ކޮމިޝަންގެ ނައިބު ރައީސާ ވިދާޅުވިކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ދާދިފަހުން އާންމުކުރެވުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ ތަހުގީގު ރިޕޯޓާއި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓްގައި ބަޔާންވެފައިވާ ބައެއް ފަރާތްތަކުން ހައްޔަރުކޮށް ދައުވާ އުފުލާފައި ނުވާ މައްސަލައިގައި ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

ކޮމެންޓް